24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

--

ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުން އިތުރު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށާއި މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ތިމާވެށްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.

އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ގާއިމު ކުރެވޭ މި ނިޒާމުތަކުގެ ސަބަބުން، ތެޔޮ އެތެރެ ކުރުމަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ. މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެ އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫއުތައް ފުޅާކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
team

އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރު ވެއްދޭނީ ކުޅުދުއްފުށީ ސިޓީއަށް: ޝިޔާމް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy