ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

-- ފޮޓޯ/ އެމްޕީއެލް‏ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީފްރީ ޒޯނެއް ތަރައްގީ ކުރުމުގެ އެގްރިމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތާއި، ބޮންޑެޑް ވެއާހައުސްގެ ހިދުމަތާއި، ބަލްކް ކާގޯ ފެސިލިޓީ ގާއިމުކޮށް، އެ ހިދުމަތްތައް މިއަދުން ފެށިގެން ދޭން ފަށައިފި އެވެ.

މިއަދު ހަވީރު ހިތަދޫ ވިޔަފާރި ބަނދަރު ސަރަހައްދުގައި މިކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބޮންޑެޑް ޒޯން އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިއަދު ހިތަދޫ ވިޔަފާރި ބަނދަރުގައި އަލަށް ތައާރުފު ކުރެވުނު ހިދުމަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އަސާސީ މުދާ އަދި އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ތަކެތި ބަލްކްކޮށް، ޑިއުޓީއާ ނުލައި ރައްކާ ކުރެވޭނެ ބޮންޑެޑް ސަރަހައްދެއް ގާއިމު ކުރުން ހިމެނެ އެވެ. މީގެ އިތުރުން، ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ފެށުމާއި، މުދާ ބެހުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޑޮމެސްޓިކް ވިޔަފާރިވެރިންނަށް ހާއްސަ މުދާ ބާލާ ސަރަހައްދެއް ގާއިމު ކުރާނެ އެވެ.

އެމްޕީއެލުން ބުނީ ‏ބޮންޑެޑް ވެއާހައުސްގެ ސަބަބުން ވިޔަފާރިތަކުގެ ލޮޖިސްޓިކްސް ހަރަދުތައް ކުޑަވެ، ދެކުނުގެ އަތޮޅުތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.

އަދި މިއީ އައްޑޫ ސިޓީ އާއި ދެކުނުގެ ސަރަހައްދުތަކުގެ ތަރައްގީގައި އައްޑޫގެ ދައުރު ފުޅާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ވިޔަފާރީގެ ފުރުސަތުތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ މަޝްރޫއެއް ކަމަށް ވެސް އެމްޕީއެލުން ބުނެ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
team

އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރު ވެއްދޭނީ ކުޅުދުއްފުށީ ސިޓީއަށް: ޝިޔާމް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy