އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކުރުން-- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ ‏ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި‏ އެވެ.

މި ޕްރޮމޯ ފެށީ މޯލްޑިވްސް މެރިން އެކްސްޕޯގެ ހަވާސާގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

ޕްރޮމޯ ފައްޓަވައިދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 15 ފެބްރުއަރީ އިން ފެށިގެން މާޗު 31 ގެ ނިޔަލަށެވެ.

އެމްޓީސީސީން މިއަދު ފެށި ޕްރޮމޯޝަންގެ މަގު ސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު ކުންފުނީގެ ޔަންމާ ޔިންޖީނު ވިއްކުން ކަމަށެވެ. މި ޕްރޮމޯގެ ދަށުން ގަންނަ ކޮންމެ ޔަންމާ އިންޖީނަކަށް 8 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މި ޕްރޮމޯގައި ބައިވެރިވުމަށް 10 ޕަސެންޓްގެ ބުކިން ފީ އެއް 31 މާޗު ގައި ނުވަތަ އެ ދުވަހުގެ ކުރިން ދައްކާ އިންޖީނު އޯޑާ ޔަގީން ކުރަން ޖެހޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.  

އެމްޓީސީސީއަކީ 'މޯލްޑިވްސް މެރިން އެކްސްޕޯ 2026' ގެ ކޯ ސްޕޮންސަރެކެވެ. މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލުން އައު މެރިން އުފެއްދުންތަކާއި ހިދުމަތްތައް ތައާރަފު ކުރާނެ އެވެ. އަދި އެމްޓީސީސީގެ ވިޔަފާރީގެ ބައިވެރިން ކަމުގައިވާ ޔަންމާއާއި ކާސްޓްރޯލް ކުންފުނިތަކުގެ އިސް ވެރިންނާއެކު ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވެ، އަގުހުރި މައުލޫމާތުތަކެއް ހިއްސާ ކުރާނެ އެވެ.

މީގެ އިތުރުން އެމްޓީސީސީ ކަށަވަރު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލަކީ ޑްރޯއެއް ގައި ބައިވެރިވުމުގެ ފުރުސަތު 5 ފެބްރުއަރީ 2026 އިން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. މި ލަކީ ޑްރޯ ކާމިޔާބު ކުރައްވާ ފަރާތުގެ ނަން 8 ފެބްރުއަރީ 2026 ގައި މޯލްޑިވްސް މެރިން އެކްސްޕޯ ގެ ހަވާސާގައި އިއުލާނު ކުރާނެ އެވެ. އަދި އެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

އެމްޓީސީސީން އަންނަނީ ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު

ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރި ކުރުމުގެ ހަރަކާތްތައް އަބަދުވެސް ރާވައި ހިންގަމުންނެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
team

އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރު ވެއްދޭނީ ކުޅުދުއްފުށީ ސިޓީއަށް: ޝިޔާމް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy