ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

ރައީސް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދޭ ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމުގައި ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަމުން އެ މަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ހައްގު ކަށަވަރު ކޮށްދިނުމުގައި ސާބިތުވެ ދެމި އޮންނާނެކަމުގެ ޔަގީންކަންދެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ގައުމުގައި ހަމަޖެހުން ގާއިމްވެގެން ދިޔުމުގައި އަދި، ތަރައްގީ ގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި ހަރުދަނާ މީޑިއާއެއް ގައުމުގައި ގާއިމްވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ މަނިކުފާނުގެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން މީޑިއާތަކަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެ އެވެ.

އެގޮތުން، ރާއްޖޭގެ ތާރީހުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުގައިކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން ސަރުކާރުން މިހާރު ވަނީ 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި، މީޑިޔާތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިއޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާންޖެހިފައި އޮންނަ މި ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީ އިން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނޭ އޮފީސް އަދި ސްޓޫޑިއޯ ޖާގަ ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިޔަށްދާކަން ހާމަ ކުރެއްވިއެވެ.

އަދި ހުޅުމާލޭގެ ފޭސް 1 ގައި ހަދަމުންދާ މި މީޑިއާ ވިލެޖް ގައި 34 ޖާގަ ހިމެނޭނެކަމަށާއި މިތަން ނިމި، މީޑިއާތަކަށް މިތަނުގެ ބޭނުން ހިފުމުގެ ފުރުސަތު މި އަހަރުގެ މެދު ތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވާލެވޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

އުތުރުގެ ތަރައްގީގެ ދޮރާށިން އެންމެ ގިނަ ޑޮލަރު ވެއްދޭނީ ކުޅުދުއްފުށީ ސިޓީއަށް: ޝިޔާމް

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy