މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖެއަށް މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ލޯންޗު ކޮށްފި އެވެ.
ހުޅުމާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި މި ސިސްޓަމް ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
ޔަންމާއާ ގުޅިގެން ތައާރަފު ކުރި މި ޒަމާނީ ސްޓިއަރިން ސިސްޓަމްސްގެ ސަބަބުން އުޅަނދު ކޮންޓްރޯލް ކުރުމުގައި ލުއިފަސޭހަކަން ލިބި، އުޅަނދާއި ދަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވި، އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މީގެ އިތުރުން މިއީ ރާއްޖޭގެ މާހައުލާއި ކަނޑުގެ އޮއިވަރާ ގުޅޭ ގޮތަށް، އިތުބާރު ހުރި، އަގުހެޔޮ އަދި ފެންވަރު ރަނގަޅު ކަނޑުދަތުރުފަތުރުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކޮމެންޓް