ރާއްޖެއަށް ނިއުޒިލެންޑުން ފޯރުކޮށްދޭ އެހީތެރި ކަމަށް ރައީސް ޝުކުރު އަދާ ކުރައްވައިފި

ރައީސް ޑރ. މުއިއްޒު ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބާ ސަލާމް ކުރައްވަނީ

އެކި ދާއިރާތަކުން ރާއްޖެއަށް ނިއުޒިލެންޑުން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު ވަނީ ނިއުޒީލެންޑްގެ ވައިޓެންގްއީ ޑޭގެ މުނާސަބަތުގައި އެ ގައުމުގެ ގަވަނަރު ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑާ އޮފް މެރިޓް (ޖީއެންޒީއެމް)، (ކިއުއެސްއޯ) ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސޯންއަށް ތަހުނިޔާ ފޮނުއްވާފަ އެވެ.

ނިއުޒީލަންޑްގެ ގަވަރުނާ ޖެނެރަލަށް ރައީސް ފޮނުއްވި ސިޓީފުޅުގައި "ޓްރީޓީ އޮފް ވައިޓަންގްއީ"ގެ އަސާސްތައް ކަމަށްވާ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި އިހުތިރާމް ކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެ އެވެ. އަދި، މި އަސާސްތަކަކީ ނިއުޒީލަންޑްގެ ގައުމިއްޔަތު ބައްޓަންވެފައިވާ އަސާސްތަކެއް ކަމަށްވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވަނީ ރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަ ކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުންދީ އެ ފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ތަރައްގީވެ، ގާތް ރަހުމަތްތެރިކަމެއް އުފެދިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، އެ ގައުމުން ރާއްޖެއަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައި، އެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށާއި، ތަނަވަސްކަމާއި އަމާންކަމަށް އެދިވަޑައިގެން، ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ގައުމުން ފާހަގަ ކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގަ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy