ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން އަލަށް އިމާރާތްކުރި "ތުނޑީ ބަނދަރު މިސްކިތް" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
11 މެއި 2023 ގައި އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް