ދެ އަހަރު ތެރޭ ހިލޭ ޑިގްރީއަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފި

އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރަށް ދެ އަހަރު ވީއިރު، ސްޓޫޑެންޓް ލޯނުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ތައުލީމީ ދުވަހާ ގުޅުވައިގެން އެމަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް ފާހަގަ ކުރަމުންދާއިރު ތައުލީމަކީ ދެމެހެއްޓިނިވި ތަރައްގީ އާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާ ކަން އަބަދުމެ ހަނދާން ކުރާންޖެހޭ ކަމަށެވެ.

ތައުލީމީ ނިޒާމު ބައްޓަން ކުރުމުގައި އެންމެންގެ ބައިވެރިވުން އިތުރުކޮށް ތައުލީމާ ގުޅޭ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ އެކު، އެ ފަރާތްތައް ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ތައުލީމަކީ ގައުމީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބުގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭ ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާ ކަމަށާއި އަދި ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދެ އަހަރު ތެރޭ މި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ.

ދަރިވަރުންގެ ކުރިއެރުމަށް އިންވެސްޓްކޮށް ތައުލީމީ ފުރުސަތުތައް ފުޅާ ކުރުމަކީ ހަމައެކަނި ވަކި ބައެއްގެ މުސްތަގުބަލު ބައްޓަން ކުރުން ނޫންކަން ފާހަގަ ކުރައްމުން ރައީސް ވިދާޅުވީ އެއީ މުއްސަނދި، ހަމަހަމަކަން ގާއިމުވުމާ އެކު ކަންކަމަށް ކުރިމަތިލުމުގެ ގާބިލުކަން ހުރި ގައުމެއް ބިނާ ކުރުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތްކޮށް، ކޮންމެ ކުއްޖަކަށް ވެސް ކުރިއަރައިދިއުމުގެ ފުރުސަތު ހޯދައިދީ ގައުމީ ތަރައްގީގައި ބައިވެރިވުމުގެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy