ލިލީގަ ޔޫއްޕެވެސް އުޅެނީތަ؟

Lily trailer photo

ލިލީގެ އައު ޓްރެއިލާއިން ރާއްްޖޭގެ އެންމެ މަޝްހޫރު އެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ވެސް ފެނިފައިވެއެވެ.

ހެޔޮނުވާނެ ކަލޭމެން ކައިރީ މީހުން ތިބޭކަށެއް! އެހާވެސް ނުބައި މީހެއް ކަލޭމެން ތީ!“ ޓްރެއިލާގަ ޔޫއްޕެ މިހެން ބުނެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ލިލީ އަޅުވަން އަނެއްކާ މި ވަނީ ހަމަޖެހެފައެވެ.

ލިލީ ފިލްމަށް ބޮޑު ތަރުހީބެއް ލިބި އަނެއްކާ އިތުރު ޝޯތަކެއް އެޅުވުމަށް ލިލީ ޓީމުން ވަނީ ނިންމާފައެވެ. ލިލީގެ ޖުމުލަ 10 ޝޯ ދެއްކުމަށްފަހު ގިނަ ޝޯތަކެއް ހައުސްފުލް ވުމުގެ ސަބަބުން ވަނީ ދަންވަރު ޝޯތައްވެސް މީގެ ކުރިން އަޅުވާފައެވެ.

މި ފިލްމު ރިލީޒް ކުރުމުގެ ކުރިން، ޖޫން މަހުން ފެށިގެން ކުރަމުން އައި ޕްރޮމޯޝަންގެ ތެރެއިން ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

އެ ފިލްމުގެ ޓައިޓަލް ރިލީޒްކުރުމަށް ކުރި ކެމްޕޭންގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް ލިލީ މާ ބަހާފައިވުމުން، މުޅި ރާއްޖޭގައި އެދުވަސްވަރު އޮތީ އެވާހަކައެވެ.

ކްރިއޭޓިވް ނެޓްވޯކްއިން ޕްރޮޑިއުސްކޮށް، އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ، ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ހިތި ދިރިއުޅުމަކުން އަރައިގަތުމުގެ ތަޖުރިބާ ގެނެސްދޭނެ ފިލްމެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި އައިޝާގެ އިތުރުން މުހައްމަދު އިޝްފާން، އަހުމަދު ޝާރިފް، މަރިޔަމް ޝިމާ ފެނެއެވެ. މީގެ އިތުރުން ދިވެހި ސިނަމާގެ ސިނިއާ ތަރިން ކަމަށްވާ އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އާރިފާ އިބްރާހީމް އަދި އަލީ ފާރޫޤު ވެސް މި ފިލްމުން ފެނެއެވެ.

މި ފިލްމުން މިހާތަނަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދާފައެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy