ވާދަވެރިކޮށް ކުޅެ އެފްސީ އިންޖަރީ، ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ދަމަހައްޓައިފި

އެފްސީ އިންޖަރީ އާއި އެފްސީ އީޒެޑް ބައްދަލުކުރި މެޗުގެ ތެރެއިން --

މާރަންދޫ - "ސޮސައިޓީ ކަޕް 2025" މުބާރާތުގައި މިއަދު ހަވީރު އެފްސީ އިންޖަރީ އާއި އެފްސީ އީޒެޑް ބައްދަލުކުރި މެޗު، 3-1 ގެ ނަތީޖާއަކުން އެފްސީ އިންޖަރީ ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދިޔުމަށް އޮތް އަމިއްލަ ބާރު ދަމަހައްޓައިފި އެވެ.

މި މެޗަކީ ފޯރި ގަދަ، ވާދަވެރި އަދި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ.

މެޗުގެ ފުރަތަމަ ގޯލް، އެފްސީ އިންޖަރީ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 22 އަހުމަދު މުހައްމަދު އެވެ. އެއަށްފަހު، އެފްސީ އިންޖަރީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރު 17 ސަމްހާން އަބްދުއްރަހުމާން އެވެ.

އެފްސީ އިންޖަރީގެ ތިން ވަނަ ލަނޑަކީ އެފްސީ އީޒެޑުގެ ޖާޒީ ނަންބަރު 12 އުނައިޝް އަބްދުﷲ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި އެފްސީ އީޒެޑުގެ ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޖާޒީ ނަންބަރު 11 ސަމާހު ހަސަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އިންޖަރީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމުގެ ޖާޒީ ނަންބަރު 17 ސަމްހާން އަބްދުއްރަހުމާން އެވެ. އޭނާ އަންނަނީ މި މުބާރާތުގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މޮޅާއެކު އެފްސީ އިންޖަރީއަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް އޮތް އަމިއްލަ ބާރު ލިބުނީ އެވެ.

ސޮސައިޓީ ކަޕް 2025 ގެ އިތުރު މެޗެއް ނޮވެމްބަރު ނުވައެއް ވާ އާދިއްތަ ދުވަހު ވެސް އޮންނާނެ އެވެ. އެ މެޗުގައި ބައްދަލު ކުރާނީ އެފްސީ އިންޖަރީ އާއި އެފްސީ އެކުވެރިންނެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy