މޮޅުވާން މަޖުބޫރު މެޗަކުން އޯލް ޔުނައިޓެޑުގެ ފެންވަރު ދައްކާލައިފި

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސައިން އާދަމް --

ހއ. މާރަންދޫ ޔޫތު ސޮސައިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ސޮސައިޓީ ކަޕް 2025 ގައި، ‏‏އެފްސީ އެކުވެރިންނާ ދެކޮޅަށް ނުކުމެ ކުޅުނު މެޗުން ‏އޯލް ޔުނައިޓެޑުގެ ފެންވަރު ދައްކާލައިފި އެވެ.

‏މިއަދު ހަވީރު މާރަންދޫ ނާކޮޅު ސްޓޭޑިއަމްގައި ކުޅުނު އެ މެޗަކީ ‏އޯލް ޔުނައިޓެޑަށް ކޮންމެހެން ވެސް މޮޅުވާން މަޖުބޫރު މެޗެކެވެ. ‏

ކަން އެހެން އޮއްވާ ‏‏އެފްސީ އެކުވެރިންނާ ދެކޮޅަށް ނުކުމެ ކުޅުނު ފޯރި ގަދަ މެޗުން އޯލް ޔުނައިޓެޑަށް ކާމިޔާބު ލިބުނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ނިމެންދެން ވެސް އޯލް ޔުނައިޓެޑުގެ ކުޅުންތެރިން ގެންދިޔައީ އާދަޔާ ހިލާފު ހިތްވަރު ގަދަ ކުޅުމެއް ދައްކަމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޯލް ޔުނައިޓެޑުގެ ކުޅުންތެރި އެކެވެ.

އެއީ ޖާޒީ ނަންބަރު ހަތެއް ހުސައިން އާދަމް އެވެ. އޭނާ ވަނީ މެޗުގެ ތެރެއިން ގިނަ ރަނގަޅު ހަމަލާ ތަކެއް އުފައްދާފަ އެވެ.

ސޮސައިޓީ ކަޕް 2025 ގެ ދަށުން މާދަމާ ވެސް މެޗެއް ކުޅޭނެ އެވެ. މާދަމާ ބައްދަލުކުރާނީ އެފްސީ އިންޖަރީ އާއި އީޒެޑް އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy