ފްލޯޓިއްލާއަށް އިޒްރޭލުން ހަމަލާދީ، ހުރަސްއެޅުން ރައީސް ކުށްވެރިކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް

ގައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޯޓިއްލާއަށް އިޒްރޭލުން ހަމަލާދީ ހުރަސްއެޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އިޒްރޭލުގެ އެ އަމަލު ކުށްވެރިކުރައްވާ ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި މިއީ ބިރުދެއްކުމުގެ ހަމަލާއެއް ކަމަށާއި އެކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަދި އިންތިހާއަށް އެހީއަށް ބޭނުންވެފައިވާ ގައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ހިފައިގެން ދަތުރު ކުރަމުންދިޔަ މަދަނީ ބަޔަކަށް ހަމަލާދީ، ހިސާރު ކުރުމަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުކަމެއް ކަމުގައި އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.

އިޒްރޭލުން ކެނޑިނޭޅި އިންސާނީ ކަރާމާތަށް އަރައިގަތުމުގައި އެއްވެސް ހައްދެއް ނެތް ކަމަށާއި، ރަހުމާއި ހަމްދަރުދީ އެއްފަރާތްކޮށް އިސްރާއީލުން ހިންގާ މި އަނިޔާވެރިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލު ބާކީވެގެން ދާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ، އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި، ހަމަތަކާއި، އިންސާނިއްޔަތާއި ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ ޖަރީމާތަކާއި މެދު ޖަވާބުދާރީ ކުރުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ މަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރު ކުރައްވާފަ އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި، ހައްގުތައް ކަށަވަރު ކުރުމާއި، ސުލްހަ އާއި އަމާންކަން ހޯދުމުގައި ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާނެކަން ވެސް ރައީސް ތަކުރާރު ކުރައްވާފައިވެ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy