މަސް ގަންނަ އަގު ބޮޑު ކުރެވޭނީ، 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެކަން ޔަގީންވުމުން: ރައީސް

މިފްކޯގެ މަސް ކިރާ ބޯޓުތަކެއް: ފޮޓޯ/ މިހާރު

މަސްވެރިން އަތުން މަސް ގަންނަމުންދާ އަގު ބޮޑު ކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެ ގޮތަށް ހަމަޖެހުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކެއުޅުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއީ ރައީސް ކެއުޅުންނާ ބައްދަލު ކުރެއްވި ތިން ވަނަ ފަހަރެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ރައީސް ޑރ. މުއިއްޒާ ހިއްސާ ކޮށްފަ އެވެ. އެ ގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑު ކުރާނެ ތާރީހަކާއި ގުޅޭ މައުލޫމާތު ސާފު ކުރުމަށެވެ.

މި ބައްދަލު ކުރެއްވުމުގައި މަސްވެރިން ހިއްސާކުރި އިތުރު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތި ތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާދަތިތައް ހިމެނެ އެވެ.

މީގެ އިތުރުން މިފްކޯގައި މަސް ކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާ އަށް ބަދަލު ކުރުމަށް ކެއުޅުން އެދުނެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކޮށް، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ކެއުޅުން ވަނީ ރައީސާ ހިއްސާ ކޮށްފަ އެވެ.

މީގެ ކުރިން ރައީސާ ބައްދަލުކޮށް، ކެއުޅުން ހިއްސާކުރި ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ ކަންކަން ފާހަގަކޮށް، އިތުރަށް ރަނގަޅު ކުރަން ބޭނުންވާ ކަންކަން ވެސް ކެއުޅުން މިއަދު ހިއްސާކުރި އެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްގަންނަ އަގު ބޮޑު ކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރު ތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެ ގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭ ގޮތް ފަސޭހަ ކޮށްދެއްވުމާއި، ހުށަހަޅަން ޖެހޭ ލިޔެކިޔުން މަދު ކުރެވޭނެ ގޮތަކަށް އެ ކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާ ކުރައްވައިގެން، މަސްވެރިންގެ ހިޔާލާއި އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފުސީލު މި ބައްދަލު ކުރެއްވުމުގައި ކެއުޅުންނާ ހިއްސާ ކުރެއްވި އެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލު ވެސް މި ބައްދަލު ކުރެއްވުމުގައި ކެއުޅުންނާ ހިއްސާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް، ވީހާ ވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy