މަޖީދީމަގު ކޮޅުގައި އަޑިގަނޑެއް ހެދި، މީހުންނަށް ބޮޑު ތަކުލީފަކަށް ވެއްޖެ!

މަޖީދީ މަގުގެ އިރުމަތީ ކޮޅުގައި ހެދިފައި އޮތް ވަޅުގަނޑަށް ޓެކްސީއަކާއި ސައިކަލެއް އަރަނީ: ފޮޓޯ/ ދެލި އޮންލައިން

މި ރިޕޯޓުގައި މާލޭގެ މަގުތަކުގައި ހެދިފައިވާ އަޑިގުޑަންތަކާއި ރެނދުލާފައިވާ ތަންތަނުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ގިނަ މަގުތައް ހަލާކުވެފައިވާކަން އަޅުގަނޑުމެން އެންމެން ވެސް ދަނެ އެވެ. މަގުތަކުގައި ހުރި ވަޅުގަނޑުތަކާއި ޖަންކްޝަންގެ މަތިގަނޑުތައް މައްޗަށް އަރާފައި ހުންނަ ކަމާއި އެއްވެސް ވަރަކަށް މަރާމާތު ނުކުރާ ކަމާއި އެއީ ކޮން ބައެއްގެ އިހުމާލެއްކަން ވެސް ވަރަށް ސާފެވެ.

އެކަމަކު، މަޖީދީ މަގުގެ އިރުމަތީ ކޮޅު ހަލާކުވެގެން ހެދިފައި ހުރި ވަޅުގަނޑެއްގެ ސަބަބުން އެ ސަރަހައްދުން ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ކުރިމަތިވާ ދަތިތަކާއި އުނދަގުލުގެ ވާހަކަ ދައްކާލަން އެބަ ބޭނުންވެ އެވެ.

މާލޭގައި އެއްކޮޅުން އަނެއްކޮޅަށް ދުއްވާ މައި މަގެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްމަގަކީ މަޖީދީ މަގަށް ވާނެ އެވެ. ދުވާލެއް ރޭގަނޑެއް މިކަމުގެ ތަފާތެއް ނޫނެވެ. އެހެންކަމުން މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްމަގުގެ ކޮޅުގައި މަރާމާތު ނުކުރެވި ގިނަ ދުވަސްވެފައިވާ ބޮޑު އަޑިގަނޑެއް ހުރުމަކީ ހިތާމަވެރި ހާދިސާއެއް ދިމާވެދާނެ ކަމުގެ އިންޒާރެކެވެ.

މަދީދީ މަގުގެ ކޮޅުގައި އަޅާފައި އޮތް ސިމެންތި ފަށަލައިން ތަންތަންގަނޑު ނައްޓައިގެން ގޮސް އުފެދިފައި ހުރި ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާ އެއްޗެހި ދުއްވަން ދަތިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ހިނގާ މީހުންނަށް ވެސް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހެ އެވެ.

މާލޭގައި ޓެކްސީކުރާ މީހަކު ބުނިގޮތުގައި ހަތަރު މީހުން އަރުވައިގެން ކިރިޔާ ވެސް ބާރަށް ގޮސްފިއްޔާ ކާރުގެ ދަށް އެ ވަޅުގަނޑުގައި ޖެހޭނެ އެވެ.

"ކާރު ދުއްވާ މީހުންނާއި ހިނގާފައި ދާ މީހުން ވެސް އެ އަޑިގަނޑަށް ސަމާލުކަން ދޭންޖެހޭ. އެހެން ނޫނީ ބިރުވެރި ހާދިސާއެއް ހިނގާފާނެ، މިވަރު ވެގެންދާއިރު ވެސް މި ތަންކޮޅު ރަނގަޅު ކޮށްލާނެ މީހަކު ހަމަ ނެތީބާއޭ ހިތަށް އަރާ،" އެންމެ ގިނަ މީހުން އެއްވަގުތަކު، ޖަމާވާ ސަރަހައްދުގައި އެފަދަ ވަޅުގަނޑެއް ހެދިފައި ހުރުމުން އޭނާ ޝަކުވާ ކުރި އެވެ.

"އަޑިގަނޑު ހެދިފައި އޮންނަތާ ފަނަރަ ވަރަކަށް ދުވަސް ވެދާނެ، މިތަނަށް އަރާ މީހުންނާއި ވެހިކަލްތައް ބައެއް ފަހަރު ކައްސާލައިގެން ވެއްޓޭ، މޭޔަރު ވެސް ސައިކަލުގައި މިތަނުން ދުއްވާތަން ފެނޭ،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާ އެކެވެ. އެހެނަސް މިކަމާ ގުޅޭ ގޮތުން އެ ކައުންސިލްގެ މީޑިއާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެކި ދުވަސް މަތިން ގުޅައިގެން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މާލޭގެ މަގުތައް ހަލާކުވެ ދުއްވާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެފައިވާ އުނދަގޫ ތަކަކީ މިހާތަނަށް ވެސް ހައްލު ނުކުރެވި އޮތް ވަރަށް ބޮޑު މައްސަލަ އެކެވެ. މިއީ ވީހާވެސް އަވަހަށް ހައްލުވާންޖެހޭ ސީރިއަސް މައްސަލަ އެކެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy