މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ސިޓީތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިވައިފި އެވެ.

ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގެ މަގުތަކާއި އާއްމު ތަންތަން ދިއްލުމަށް ކައުންސިލް ތަކަށް ޑޮމެސްޓިކް ރޭޓުން، ފެނަކަ ނޫނީ ސްޓެލްކޯ އިން ބިލު ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ނިންމެވުމާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށެވެ.

މި ބަދަލަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ގެންނެވި ބަދަލުގެ ނަތީޖާއަކަށް ވާނީ މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދިޔުން ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވަނީ އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަށް ދެމުން އަންނަ ބަޖެޓު ދެގުނަ ބޮޑު ކުރައްވައި، ކައުންސިލް ތަކަށް ބްލޮކް ގްރާންޓުން އެހީދޭ އުސޫލު މުރާޖައާ ކުރެއްވުމަށް ނިންމަވާފަ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy