އަހަރުމެން ނޫސްވެރިންގެ ފަރާތުން ފެނުނީ ހަރުކަށިކަމާއި ނޭއްދާރުކަން!

ރައީސް ޑރ. މުހައްމަދު މުއިއްޒު މުލިއާގެއަށް ވަޑައިގަންނަވަނީ: ފޮޓޯ/ މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ އޮފީސް ކޮޅުން ނުކުމެވަޑައިގެން ގެއަށް ވަޑައިގެން މަގުމަތީގައި އެ މަނިކުފާނުގެ ފަހަތްޕުޅުން އައި ނޫސްވެރިންތަކެއްގެ ފަރާތުން ފެނުނީ ހަޑި އަމަލު ތަކެކެވެ.

ހަޑިވީ އެމަނިކުފާނު ފަސް ފަހަތުން ސުވާލު ކުރަމުން ދިއުމަކުން ނޫނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ހަތަރު ވަނަ ބާރުގެ ވެރިންގެ ފަރާތުން ފެނުނީ އަމުރުވެރިކަމެވެ.

ރައީސް ޑރ. މުއިއްޒުގެ ބޮޑީގާޑުން ފޮޅާލުމަށްފަހު ރައީސްގެ ކުރިފުޅު މައްޗަށް އަރައި ހުރަސްއަޅަން އުޅުމެވެ. ފަހަތުން ބާރަށް ހަޅޭއްލަވަމުން ދުވުމެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ހާއްސަ އަދި މާބޮޑު އިހުތިރާމެއް ކުރަންޖެހޭ މީހެއް ނޫން ކަމަށް ދެކި، އެ މަނިކުފާނު "ހަވަރަށްދޭން" އުޅުނު ފަދަ އަހުލާގެވެ.

މިއީ އަދި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމާ ގުޅިގެން ކުރިއަށްގެންދެވުނު މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް ނުކުމެވަޑައިގެންނެވުމުން ބައެއް ނޫސްވެރިންގެ އަމަލުތައް ހުރިގޮތުގެ ވާހަކަ އެވެ.

އެ މަންޒަރު ހަޑިވީ ސަރުކާރަށް އެކަންޏެއް ނޫނެވެ. އާންމުންނާއި ހުދު ބައެއް ހެޔޮވިސްނޭ ނޫސްވެރިންނަށް ވެސް އެ މަންޒަރު ބަލައިގަންނަން ދައްޗެވެ. އެކަމާ ދެކޮޅެވެ.

ނޫސްވެރިން ނުރުހުންވެފައި ތިބީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރަކު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ ގުޅިގެންނެވެ. އެމީހުންގެ ބަހުން ނަމަ އެއީ "މީޑިއާ ކޮންޓްރޯލް ކުރަން" އުޅޭ ބިލެކެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން އެ ބިލަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވި ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް ބަލައިގެންނެވި އެވެ. ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނުގެ ހަމައެއް ނޫންކަން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަން އެ މަނިކުފާނު ގެންދަވަނީ އަމަލުންވެސް ސާބިތު ކޮށްދެއްވަމުންނެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާއެކު މީހުން އެއްވުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރައީސް އޮފީސް ދޮށާއި ރައްޔިތުންގެ މަޖިލިސް ދޮށަށް ދިއުމުން ފުލުހުން ނޫސްވެރިން ފަހާ ފޮނުވައެއް ނުލަ އެވެ. މިރުސް ދުމާއި ކަރުނަގޭހެއް ނުޖަހަ އެވެ. ބަރު ހަތިޔާރާއެކު ފުލުހުން ނެރެ، ނޫސްވެރިން ހައްޔަރުކޮށްގެން ނުގެންދެއެވެ.

އޭގެ ބަދަލުގައި އެތަނުގައި ހިމޭން އިހުތިޖާޖެއް ކުރުމުގެ ފުރުސަތު ދިނެވެ. ރައީސް އޮފީސް ދޮށަށް އެއްވި ނޫސްވެރިން ގަދަކަމުން އެތަނުން ފޮނުވާލީ އެތައް އިރެއްވީ ފަހުންނެވެ.

ރަސްމީ ގަޑީގައި ރައީސް އޮފީހުގެ ދޮރު ބަންދު ކޮށްގެން ތިބުމާއި ދެންމެ ދެންމެގޮސް ރައީސް އޮފީހުގެ ގޭޓަށް އަރާފާނެހެން ހީވާ ހިސާބަށް ކަންތައް ދިއުމުންނެވެ. އެ ފަހުން މީޑިއާތަކަށް ހާއްސަ ކޮށްފައިވާ ފެންޑާގައި ތިބެގެން ވެސް ނޫސްވެރިންގެ ކަންބޮޑުވުން ފާޅު ކުރުމުގެ ފުރުސަތު ސަރުކާރުން ގެންދިޔައީ ދެމުންނެވެ.

ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން ރައީސް ޑރ. މުއިއްޒު ވަނީ އެ ބޭފުޅުންނާ ބައްދަލުވެސް ކުރައްވައިފަ އެވެ. އެ މަނިކުފާނު އިސް ކުރެއްވީ މަޝްވަރާގެ ރިވެތި އުސޫލެވެ.

ނޫސްވެރިންގެ ޖަމިއްޔާގެ އެދިވަޑައިގަތުމަކަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވެސް ރައީސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.

އެއް ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި، ނޫސްވެރިންގެކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި މި ސަރުކާރަކީ ސަތޭކަޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައި ގިނަކަންތައްތަކެއް ފަހި ކޮށްދެއްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިމީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި، މެންބަރުން އައްޔަނު ކުރުމުގައި ވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި އެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އެހެން ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން މީޑިއާތަކާ ބައްދަލު ކުރައްވާނެކަން އިއުލާންކޮށްފަ އެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކާ ދެކޮޅަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަ ރައީސް ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އަދި އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ވަރަށް ވެސް ސާފެވެ.

މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުންފުޅެއް އެ މަނިކުފާނުގެ ނެތެވެ. ނަމަވެސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް އޮވެ އެވެ. މިނިވަންކަން އޮންނަންވާނީ ވަކި ހުދޫދެއްގެ ތެރޭގަ އެވެ. އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫނެވެ.

ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށް ވެސް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ތަންމިނަށް އޮތެއްކަމަކު، ހަގީގަތެއް ނުބަލައި ހިތަށް އަންނަހާ އެއްޗެއް ދުލުން ބޭރުކޮށް، ގަލަމުން ލިޔުމަކީ އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫނެވެ.

ނޯޓް: މި ލިޔުމަކީ ރައީސް މުއިއްޒު ޑޮޓްކޮމްގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy