މޭޔަރުކަމުގައި ކުރިމަތިލާން ޖެހުނު ފަދަ ފިއްތުމެއް، ކައުންސިލްތަކަށް ކުރިމަތިވިޔަ ނުދޭނަން: ރައީސް

ރައީސް ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

އަޒުމު ކަނޑައަޅުއްވައިގެން ހުންނެވީ، މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފަދަ ހުރަސްތަކާއި އުނދަގޫތައް، މި ސަރުކާރުގައި ކައުންސިލްތަކަށް ކުރިމަތިވިޔަނުދެއްވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

fefedfeded.jpg

ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހާ ގުޅިގެން ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރާ ފާޑުކިޔުމަށް އިޝާރާތް ކުރައްވަމުން ރައީސް ވަނީ، އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

މޭޔަރު ކަމުގައި ހުންނެވި އިރު، އޭރުގެ ސަރުކާރުން ސިޓީ ކައުންސިލަށް ކުރިމަތިކުރި ފިއްތުން ތަކަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ކައުންސިލް ތަކަށް އެ ފަދަ ފިއްތުންތައް ކުރިމަތިވިޔަ ނުދޭނެ ކަމަށެވެ.

ddddd.jpg

ކައުންސިލްތައް ބާރުވެރި ކުރުމަށް ގާނޫނީ ގޮތުންނާއި އެ ނޫން ގޮތް ގޮތުން ވެސް ފިޔަވަޅުތައް އަޅަމުން އަންނަނީ އެ މަގުސަދުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ގޮތުން އަންހެނުން ކުރިއަރުވާ ކޮމިޓީތަކުގެ އިނާޔަތަށް ގެނައި ބަދަލާއި ކައުންސިލްތަކުގެ އާ އިމާރާތްތަކުގެ މަޝްރޫއުތަކާއި، ކައުންސިލްތަކުން މުސްތަގިއްލު ކަމާއެކު އިގުތިސާދީ މަންފާ ހޯދުމަށް މަގުފަހި ކުރުމަށް ޓަކައި، ރަށްރަށާއި ފަޅުތައް ރަށްރަށުގެ އިހުތިސާސްގައި ހިމެނުމާއި ރަށްރަށުގެ ބައިތަކުގެ ގޮތުގައި ހަމަޖެއްސުން ފަދަ ފިޔަވަޅުތަކުން އެ މަނިކުފާނު މިސާލު ދެއްކެވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ ހިޔާލާއެކު ހުށަހަޅައި ތަރައްގީގެ ޕްލޭނާއި ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ހުށަހަޅައި ކަން ކަމަށް ސަރުކާރުން މަގުފަހިކޮށްދޭނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ތަފާތު ކުރުމެއް ނެތި ވައުދުތައް ފުއްދުމުގެ އަޒުމުގައި ހުންނެވިކަން ތަކުރާރު ކުރައްވައި، ތައައްސަބެއް ނެތި ވިސްނައިފި މީހަކަށް، ލާމަރުކަޒީ ބާރުވެރި ކަމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތައް ސާފު ވާނޭ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy