ތޮއްޑޫގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށްދޭނަން: ރައީސް

ރައީސް މުއިއްޒު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން --

އއ. ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ 30 އެނދުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މި ނިންމެވުން ހާމަ ކުރެއްވީ މިއަދު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ތޮއްޑޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ ހިމެނުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް މިނިސްޓްރީގައި ތިއްބެވި ކަމުގެ ފަންނީ ބޭފުޅުން ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

ގައު އަތުރައިގެން ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ހުރިހާ ކަމެއް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލު ކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ތޮއްޑޫއަކީ ދަޑުވެރިކަމަށް ހާއްސަ ރަށެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެރަށުގައި ގާއިމު ކުރުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ފެކަލްޓީ އޮފް އެގްރިކަލްޗާ އެންޑް ފުޑް ސައިންސް، އުފައްދަވައި އެ ފެކަލްޓީ ގެ އިމާރާތް ގާއިމު ކުރުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށެއްކަން ފާހަގަ ކުރައްވައި، ރަށުގެ އިގގުތިސާދީ ތަރައްގީއަށް ސަރުކާރުން އިތުރަށް ކަންކަން ފަހިކޮށްދެއްވުމުގެ ގޮތުން، ތޮއްޑޫއަށް ހާއްސަ ސީ ޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށްދެއްވައި އަންނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ޝެޑިއުލް ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށާނެކަން ރައީސް މިއަދު އިއުލާން ކުރެއްވި އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy