ހަނގުރާމަ ހުއްޓާލަން އީރާނާއި އިޒުރޭލުން އެއްބަސްވެއްޖެ

އީރާނުގެ ވަރުގަދަ ހަމަލާތަކުގައި އިޒުރޭލުގެ ތެލްއަވީވްގެ އިމާރާތްތައް ބިމާ ހަމަކޮށްލާފައި --

އީރާނާއި އިޒުރޭލާ ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލަން ދެ ގައުމުން ވެސް އެއްބަސްވެއްޖެ އެވެ.

އިޒުރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ ހަމަލާތަކުގެ ރައްދުގައި އީރާނުން "ޓްރޫ ޕްރޮމިސް3" ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، އިޒުރޭލުގެ މުހިއްމު ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި ޔަހޫދީން ވެސް ދިޔައީ އީރާނަށް ހަމަލާ ދެމުންނެވެ.

ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަން ފުރަތަމަ އިއުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެހެންކަމުން އީރާނުން މިހާރު ވަނީ ހަމަލާ ދިނުން މެދުކަނޑައިލުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފަ އެވެ. އަދި އެއަށްފަހު، އިޒުރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޓްރަމްޕުގެ ހުށަހެޅުން ގަބޫލުކޮށް، ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ނިންމިކަން އިއުލާނު ކޮށްފަ އެވެ.

ނަމަވެސް މިކަމަށް އެއްބަސްވުމަށްފަހު ވެސް އީރާނުން އިޒުރޭލުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ޔަހޫދީން ބުނެއެވެ. ޔަހޫދީން ބުނިގޮތުގައި އީރާންގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލުގެ އުތުރުގެ ރަށްތަކަށެވެ.

އީރާނުން ރޭ ވެސް ވަނީ އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީފަ އެވެ. އެ ހަމަލާތަކުގައި އިޒުރޭލުގެ 11 މީހުން މަރުވި އެވެ. އީރާނުގެ އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ބިއުރު އަލް-ސަބައަށެވެ. މި ހަމަލާތަކުގައި ޔަހޫދީންގެ 20 މީހުން ޒަހަމުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy