އިރާނުގެ ރައްދު ހަމަލާއާ އެކު އިޒުރޭލުގައި ބިރުވެރިކަން އުފެދިއްޖެ

އީރާނުގެ ރައްދު ހަމަލާގައި އިޒުރޭލުގެ ބިނާ ހަމަވެފައިވާ އިމާރާތްތަކެއް: ފޮޓޯ/ ރޮއިޓާސް

އީރާނާ ދެކޮޅަށް އިޒުރޭލުގެ ޔަހޫދީން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިރާނުން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މުޅި އިޒުރޭލުގައި ބިރުވެރިކަން އުފެދި ވިޔަފާރިއަށާއި އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔަހޫދީ ސިފައިން އީރާނަށް ހަމަލާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހަމަލާތަކުގެ ރައްދުގައި އިރާނުން އިސްރާއީލަށް ރޭ ދަންވަރު ދޭން ފެށި ހަމަލާތައް އިރުއަރަންދެން ކުރިޔަށް ގެންދިޔަ އެވެ. އީރާނުން އިޒުރޭލާ ދެކޮޅަށް ހަމަލާތައް ދީފައި މިވަނީ އެ ގައުމާ ދެކޮޅަށް ޔަހޫދީން ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާ، އިސްރާއީލް އަސްކަރިއްޔާގެ ހެޑް ކުއާޓާ ހިމެނޭ ގޮތަށް ގިނަ އިމާރާތްތަކަކަށް ވަނީ އަމާޒުވެފަ އެވެ. އެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތެލްއަވީވަށެވެ. އެ ސިޓީގެ 50 ބުރީގެ އިމާރާތަކަށް އިރާންގެ މިސައިލެއް އަމާޒުވެ ބާރުގަދަ ގޮވުމެއް ގޮވާފައިވެ އެވެ.

އަދި 150 އަމާޒަކަށް ކާމިޔާބުކަމާއެކު ހަމަލާ ދީފައިވާއިރު އޭގެ ތެރޭގައި އިސްރާއީލުގެ މުހިންމު އަސްކަރީ މަރުކަޒުތައް ހިމެނެ އެވެ. އެ ގޮތުން ނެވާތިމް އާއި އަވްދާ ވައިގެ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް އަމާޒުވި އެވެ.

އީރާނުގެ އިންގިލާބީ ފައުޖުން ނެރުނު ބަޔާނުގައި ބުނީ ޔަހޫދީންގެ މުހިންމު އަމާޒުތަކަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އާއި ހަތިޔާރުއެޅި ޑްރޯން ހަމަލާތައް ދީފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނަނީ އީރާނުން ދިން ނުރައްކާތެރި ހަމަލާތަކާ އެކު، އިސްރާއީލު ތެރެއިން ފެންނަނީ ހާސްވެ، ކޮޅުކޮޅު މައްޗަށް މީހުން ދުވާ މަންޒަރު ކަމަށާއި އަދި ޔަހޫދީން މި ވަގުތު ތިބީ ވަރަށްބޮޑު ނަފުސާނީ ބިރުވެރިކަމެއް ތެރޭގައި ކަމަށެވެ.

ހަމަލާތައް އަދިވެސް އޮތީ ކުރިއަށް ކަމަށާއި އިޒުރޭލުން ހީނުކުރާ ފަދަ ބޮޑު ހާޖާނެއްގެ ތެރެއަށް މުޅި ޔަހޫދީ ދައުލަތް ފައްޓާލާނެ ކަމަށް އިރާނުން ވަނީ އިންޒާރު ދީފަ އެވެ. އަދި މި ފަހަރު ފެނުނީ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް "3ގެ ކޮޅުމަތިކަން ފާހަގަކޮށް އީރާނުން ވަނީ ދެން ނަގަން އޮތް ރާޅު އަދި މާބޮޑުވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އީރާނުން ބުނީ ކުރިއަށް އޮތްތަނުގައި ޔަހޫދީން ހީވެސް ނުކުރާ ވަރުގެ ކަންކަން އެ ދައުލަތަށް ކުރިމަތިވެގެންދާނެ ކަމަށެވެ. އަދި އީރާނުގައި ފުރިހަމަ ހަތިޔާރާއި ބާރު އެބަހުރި ކަމަށާއި އެ ބާރުތަކުގެ ބޭނުން ނުހިފާ ދޫކޮށްނުލާނެ ކަމަށް ބުނެވެސް އެ ގައުމުން ވަނީ އިޒުރޭލަށް ވަރުގަދައަށް އިންޒާރު ދީފަ އެވެ.

އީރާނުން ފޮނުވާލި ގިނަ މިސައިލު ހަމަލާތައް ހުއްޓުވާފައިވާ ކަމަށް އިޒުރޭލުގެ ވައިގެ އަސްކަރިއްޔާއިން ބުނެ އެވެ. އެކަމަކު ޔަހޫދީންގެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި ބިމާ ހަމަވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy