އެމެރިކާގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ

---

އެމެރިކާގެ ދެކުނާއި ހުޅަނގުދެކުނުގައިވާ ދެ ސްޓޭޓެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާ މީސްލްސް ނުވަތަ ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 294ށް އުފުލިއްޖެއެވެ. ގައިންގަޔަށް އަރާ ނުރައްކާތެެރި ބައްޔެއް ކަމުގައި ހިމަބިހި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ދެކުނުގައި އޮތް ޓެކްސަސް އަދި ހުޅަނގުދެކުނު ނިއު މެކްސިކޯގައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މި ބަލި ފުރަތަމަ ފެތުރެން ފަށާފައި ވަނީ ޓެކްސަސްގެ ހުޅަނގުގެ ސަރަޙައްދުތަކުގައެވެ.

ހުސްވި އަހަރު އެމެރިކާގައި މި ނުރައްކާތެރި ބަލި ޖެހުނު މީހުންގެ އަދަަދަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މި ވަނީ ބަލި ޖެހިފައެވެ. އަދި، އެތަކެއް ހާސް ބަޔަކު މި ވަނީ ބައްޔަށް ހުށަހެޅިފައެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ހުސްވި އަހަރު އެ ޤައުމުގެ ހިމަބިހި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 285 މީހަކަށެވެ.

މި ނުރައްކާތެރި ބަލި ފެތުރެމުންދާ މިންވަރު ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެތަކެއް ގުނައަކަށް ހަލުވިވެފައިވާ ކަމުގައި ޓެކްސަސް އަދި ނިއު މެކްސިކޯގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ބުންޏެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހިފައިވާ ކަމުގައި ވެސް އެ އިދާރާތަކުން ބުންޏެވެ. މި ގޮތުން، ފާއިތުވި ތިން ދުވަހުގެ ތެރޭގައި މި ބަލި ޖެހިފައިވާ އިތުރު 38 މީހަކު ވަނީ ދެނެގަނެވިފައެވެ.

ޖަނަަވަރީ މަހުގެ ތެރޭގައި އެންމެ ފުރަތަމަ ބަލި ފެތުރެން ފަށާފައިވާ ކަމަށް ފާހަގަ ކުރެވެނީ ޓެކްސަސްގެ ގެއިންސް ކައުންޓީންނެވެ. މާރިޗު 11ވަނަ ދުވަހު އެ ރަަށުގައި މި ބަލި ޖެހިފައިވާ 156 މީހުން ތިބި ކަމަށާއި، އެ އަދަދު މިހާރު 174ށް އުފުލިފައިވާ ކަމުގައި ޓެކްސަސްގެ ޞިއްޙަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އޭގެ ތެރެއިން 34 މީހަކު ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަން ވެސް އިދާރާތަކުން ހާމަކުރިއެވެ.

ނިއު މެކްސިކޯގައި ވެސް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 33ން 35ށް އުފުލިފައެވެ. އިތުރު ދެ ކޭސް ފެނިފައި ވަނީ އެޑީ ކައުންޓީންނާއި ލެއި ކައުންޓީންނެވެ. އެއީ، ޓެކްސަސްގެ ގެއިންސް ކައުންޓީއާ އިންވެގެން އޮތް ދެ ރަށެވެ. ޓެކްސަސާ އިންވެގެން އޮތް އޮކްލަހޯމާ ސްޓޭޓުން ވެސް ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ދެ މީހަކު ވަނީ ދެނެގަނެވިފައެވެ. އެ ސްޓޭޓްގެ ޞިއްޙީ އިދާރާތަކުން ބުނީ، ހިމަބިހީގެ އަލާމާތްތައް ފެނިފައިވާ ދެ މީހަކު ދެނެގަނެވި، އެ މީހުންނަށް ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރުމަށް ތަހުލީލު ހަދަމުންދާ ކަމުގައެވެ.

މި ނުރައްކާތެރި ބަލި އެހެން ސްޓޭޓްތަކަށް ފެތުރެން ފަށާފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައި ސެޓަން ހޯލް ޔުނިވަރސިޓީގެ ވައިރޮލޮޖިސްޓު ޑެނިޔެލް ނިކޮލްސް ވިދާޅުވިއެވެ. "ނަަމަވެސް، މި ވަގުތު، ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް އުފުލެމުން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

2 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy