ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އިބޫގެ ސަރުކާރުން

ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވީ އިބޫގެ ސަރުކާރުންކަން ހާމަވެއްޖެ— ހަތާވީސް ފޮޓޯ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފަނޑިޔާރުގެއަށް ނުޒޫފު ފޯރުވާ ވާހަކަ މިއަދު ސަރުކާރާ އިދިކޮޅުގައި ތިބި ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް މަޒީއަށް އެނބުރި ބަލައިލުމުން ނުފޫޒު ފޯރުވާފައި ވަނީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ އެވެ.

އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023ގެ ނިޔަލަށް ފަނޑިޔާރުންނާ ދެކޮޅަށް ޖުމުލަ 56 ފަހަރު ފިޔަވަޅު އަޅާފައިވެ އެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ފަނޑިޔާރުންނާ ދެކޮޅަށް މިހާތަނަށް އަޅާފައިވަނީ އެންމެ 5 ފިޔަވަޅެވެ.

އެގޮތުން އިބޫގެ ސަރުކާރުގައި 8 ފަނޑިޔާރަކު މަގާމުން ވަކި ކުރުމާއި 12 ފަނޑިޔާރަކު ސަސްޕެންޑު ކުރުމާއި، 3 ފަނޑިޔާރެއްގެ މަގާމު ދަށް ކުރުމުގެ އިތުރުން ސުލޫކީ މައްސަލަތައް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 33 ފަނޑިޔާރުންނަށް ނަސޭހަތް ދީފައިވެ އެވެ.

ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައި މަގާމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 7، 2023ގަ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ނޮވެމްބަރު 2023 އިން ފަށައިގެން މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައިވަނީ އެންމެ 5 ފިޔަވަޅެވެ.

އެއީ 3 ފަނޑިޔާރަކު ސަސްޕެންޑު ކުރުމާއި ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި 2 ފަނޑިޔާރަކަށް ނަސޭހަތް ދިނުމެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑު ކުރި ތިން ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ އާއި ޑރ. އަޒުމިރަލްދާ ޒާހިރެވެ. އެ ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން އެ ފަނޑިޔާރުންގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާތީ އެވެ.

މި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރި ވަގުތާ ދިމާވީ ސިޔާސީ ޕާޓީތަކުން ވަކިވުމުންނާއި އަމިއްލައަށް ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހަޅުއްވާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދިޔަ ވަގުތަކާއެެވެ.

ކުއްލި ގޮތަކަށް ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާން ކަމަށް ބުނެ، ސަރުކާރަށް އަންނަނީ ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންނެވެ. ނަމަވެސް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް މިއީ މި ސަރުކާރާ އެއްވެސް ވަރެއްގެ ގުޅުމެއް ނެތް ކަމެކެވެ.

އެހެނީ ފަނޑިޔާރަކު ވަކި މައްސަލައެއް ބަލަމުން ގެންދިއުމަކީ އެ ފަނޑިޔާރަކާ މެދު ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެއް ބެލުމަށް ނުވަތަ ފިޔަވަޅު އެޅުމަށް އޭގެ ޒާތުގައި ގާނޫނީ ގޮތުން އޮތް ހުރަހެއް ނޫނެވެ. އެއީ ގާނޫނީ ގޮތުން ޖޭއެސްސީ އަށް އޮތް ބާރެކެވެ.

މި ސަރުކާރަށް އަމާޒުވާ ފާޑުކިޔުން ތަކަށް ރައްދު ދެއްވަމުން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވީ 2019 ވަނަ އަހަރުން ފަށައިގެން މިއަދާ ހަމައަށް ޖޭއެސްސީއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައި ވަނީ ކޮން ދުވަސްވަރެއްގައި ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އުޝާމް އެ ވިދާޅުވަނީ ރައީސް އިބޫ ސޯލިހުގެ ސަރުކާރުގެ ވާހަކައެވެ.

އުޝާމް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން "ސްލޫކީވުން" ނިމުމަކަށް ގެނައީ ރައީސް މުއިއްޒުގެ ވެރިކަމުގައި ނޮވެމްބަރު 2023 އިން ފަށައިގެން ކަމަށެވެ.

މި މައުލޫމާތު ހާމަކުރުމާއެކު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ އެމްޑީޕީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ޝުޖާއު ވިދާޅުވީ ފަނޑިޔާރު ގެއަށް ހަތަރެސްފައި ބޭނީ ކޮން ޕާޓީއެއްގެ ވެރިކަމުގައި ކަން މިހާރު ރައްޔިތުންނަށް ސާފުވާނެ ކަމަށާއި ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރެއްވީ ޖުޑިޝަރީއަށް ހުރި ގޮންޖެހުން ތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy