ޑޯނަރަކީ މަންމަ: ދެވަނަ ކިޑްނީ ބަދަލު ކުރަން ބޭނުންވަނީ ދީލަތި އެހީއެއް

އަހްމަދު ސަމާއު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި --

ފޭދޫ ދެމަފިރިއެއްގެ މިއީ ދުނިޔޭގައި ހުރި ހަމަ އެކަނި ދަރިފުޅެވެ. އެ ރަށުގެ ހިތްވަރު ގަދަ ޒުވާނެކެވެ. ހިތް ހެޔޮ، އެންމެންނާ ވެސް ގުޅޭ ރަނގަޅު މިޒާޖެއްގެ އެކުވެރިއެކެވެ.

ށ. ފޭދޫ، ނާރެސް، 31، ގެ އަހުމަދު ސާމީއަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައި ވެސް އަމިއްލައަށް އިސްނަގައިގެން ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ފޭދޫ ދެކެ ލޯބިވާ އެހާމެ ހެޔޮލަފާ ދަރިއެއްވެސް މެއެވެ.

އެކަމަކު ސިއްހީ ހާލަތު ތަން ނުދޭތީ ސާމީ ކިތަންމެ ބޭނުން ވިޔަސް އޭރު އުޅުނު ގޮތަށް އުޅެވޭކަށް ދެން ނެތެވެ. އޭނާ ވަނީ މިއަދު އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންޖެހިފަ އެވެ.

ސާމީގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ ކިޑްނީގެ މައްސަލަ ހުރި ބަލި މީހެއްކަން އެނގުމާއެކުގަ އެވެ.

އާނއެކެވެ. އެކުވެރިކަމާއި، އިހުސާންތެރިކަމާއި، އޯގާތެރިކަމުން ނަމޫނާ ދައްކަމުން އައި ސާމީއަކީ މިހާރު ދެ ކިޑްނީ ފެއިލްވެފައިވާ ބަލި މީހެކެވެ.

ކޮންމެ އަކަސް އެކި މީހުންނަށް ދިރިއުޅުން އިމްތިހާން ކުރާނީ އެކި ގޮތް ގޮތަށެވެ. އެއީ ތަގުދީރުގެ ނިޔާ އެވެ. އެއްވެސް ތަދުބީރަކުން އެ ނިޔާ ބަދަލެއް ނުކުރެވެ އެވެ. ކަން އެހެން އޮންނައިރު ކެތްތެރިވުން ނޫން ގޮތެއް އިންސާނާއަކަށް ނޯވެ އެވެ.

"އިންޑިއާއަށް ގޮސް 2021 ގަ ފުރަތަމަ ލެއްވީ ބައްޕަގެ ކިޑްނީ. އޭގެ ތިން އަހަރު ފަހުން ހޮޑުލެވެން ފަށާފަ ހާލު ސީޔަސްވީ. ދެން ކުޅުދުއްފުއްޓަށް ގެންގޮސް އެ ރަށުން އެއާ އެންބިއުލާންސުގަ އެމަޖެންސީކޮށް މާލެ ގެނައީ. މިކޮޅަށް އައިސް އާސަންދަ ހަމަޖެހިގެން ދިޔައީ ކިޑްނީ ޓްރާންސްޕްލާޓު ކުރި ހޮސްޕިޓަލަށް،" ސާމީ ކިޔައިދިނެވެ.

ސާމީ ބުނި ގޮތުގައި އެ ހޮސްޕިޓަލުން ފަރުވާ ނަގައިގެން ކުޑަކޮށް ސަފޭހަވި އެވެ. އެހެންނަމަވެސް ކިޑްނީ ޓްރާންސްޕްލާންޓް ނުކޮށް އެކީ ރަނގަޅު ނުވާނެ ކަމަށް އޭރުވެސް ޑޮކްޓަރު ބުންޏެވެ.

"ދެން މިކޮޅަށް އައިސް ރަށުން ޑައިލަސިސް ނެހެދޭތީ އަނެއްކާ ކުޅުދުއްފުއްޓަށް އައިސް މި ރަށުގަ މަޑުކޮށްގެން މި ހުންނަނީ. މިކަމަށް ވެސް ވަރަށް ހަރަދު އެބަދޭ. އާސަންދަ ލިބިގެން އިންޑިއާއަށް ގޮސް 8 މަސް މަޑު ކުރަން ޖެހޭނެ. އެހީތެރިންނާއެކު އެހާ ދުވަހު ތިބޭއިރު ވަރަށް ހަރަދު ދާނެ،" އޭނާ ކިޔައިދިނެވެ.

ސާމީ އެ ބުނާ ގޮތުން ނަމަ އާސަންދައާއި އެންސްޕާގެ އެހީގައި ބޭސްފަރުވާގެ ކަންކަން ހަމަޖެހުނު ކަމުގައިވިޔަސް އަމިއްލަ ހަރަދުގައި އެހާ ގިނަ ދުވަހު އެހީތެރިންނާއެކު އިންޑިއާގައި ފަރުވާ ހޯދަން ހުރެވެން އަންނަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދިލަތި އެހީ ލިބިގެންނެވެ. އެހެން ކަމުން ފައިސާގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް ސާމީ ހުރީ ފުރަން ތައްޔާރަށެވެ.

ބޭރަށް ގޮސް ފަރުވާ ހޯދުމަކީ މާލީ ގޮތުން ކޮންމެ މީހަކަށް ކުޅަދާނަ ކަމަކަށް ނުވެ އެވެ. އެއީ އެ ކޮޅުގައި ހޭދަވާނެ ދުވަސް ތަކަކީ ގިނަ ހަރަދު ތަކެއް ހިނގާނެ ދުވަސް ވަރަކަށް ވާތީ އެވެ.

ކަން އެގޮތަށް އޮތްއިރު ސާމީގެ އާއިލާއަށް ވެސް މާލީ ގޮތުން ބޮޑު ދަތިކަމަކާ ވަނީ ކުރިމަތިވެފަ އެވެ. މި އާއިލާ އިން ބޭނުން ވަނީ ހެޔޮ އެދޭ ފަރާތް ތަކުގެ ދީލަތި އެހީ އެވެ. ސާމީގެ މަންނަ ބޭނުންވަނީ ލޯބިވާ ދަރިފުޅު ހެޔޮ ހާލުގައި އަބަދު ފެނި ފެނި ހުންނާށެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅަކީ ބަލި މީހެއްގެ ގޮތުގައި އުޅޭ ތަން ދުށުމަކީ އެމަންމައަށް ހިތްދަތި ކަމެކެވެ.

އެފަދަ ސީރިއަސް ކަމެއްގައި ގިނަ ދުވަހު މަޑު ކުރެވޭކަށް ނެތެވެ. މިހާރު މާ ލަސް ވެސް ވެއްޖެ އެވެ.

އެކަމަށް ވީހާވެސް ގިނަ މީހުންގެ އެހީތެރިކަން ނިހާޔަތަށް މި އާއިލާ އިން ބޭނުންވެ އެވެ.

ދިވެހި ރުފިޔާ އެކައުންޓް: 7724533055001 MVR އަހުމަދު ސާމީ

ޑޮލަރު އެކައުންޓް: 7730000204472 USD އަޙްމަދު ސާމީ

ފޯނު ނަންބަރު:

އަހުމަދު ސާމީ 9143010

ރަޝާދު ސައީދު- ބައްޕަ  7938422

ކީރިތި ރަސޫލާ (ސއވ) ހަދީސް ކުރައްވާފައިވެ އެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެ މީހެއްގެ އަހާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެ މީހަކަށް ގިޔާމަތް ދުވަހުން ޖެހޭ މުސީބާތްތަކުގެ ތެރޭން މުސީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި، އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހަކަށް، ﷲ އެ މީހަކަށް ދުނިޔެމަތީގައްޔާއި އާހިރަތުގައި ފަސޭހަ ކޮށްދެއްވާނެ އެވެ.

އަދި، މުސްލިމެއްގެ (އައިބު ފޮރުވައިދީފި މީހާ)ގެ އައިބު، ދުނިޔެއާއި އާހިރަތުގައި ﷲ އެ މީހެއްގެ އައިބު ފޮރުވައިދެއްވާ ހުއްޓެވެ. އަދި، ހަމަކަށަވަރުން އެ މީހެއްގެ އަހާއަށް އެހީވުމުގެ މަތީގައި ހުންނަ މީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

3 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

7 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

7 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

8 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

13 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

13 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

14 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

15 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy