ފަލަސްޠީނުގެ މައްސަލައަކީ އެންމެހައި މުސްލިމުންގެ މައްސަލައެއް: ހުކުރު ޚުތުބާ

މިއަދުގެ ހުތުބާ އަމާޒުކުރެވިފައިވަނީ ފަލަސްތީނުގެ މައްސަލައިގެ މައްޗަށް

ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ ނުވަތަ ޢަރަބީންގެ މައްސަލައެއް ނޫން ކަމަށާއި، އެއީ އެންމެހައި މުސްލިމުންގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނިގޮތުގައި، މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި އެ ބިން ފޭރިގަތުމުން، އެ ބިން މިނިވަންކުރުމަށް އެންމެހައި މުސްލިމުން އެއްބައިވެ، އެ ރައްޔިތުންގެ ކެކުޅުންތަކާއި ގިސްލުންތަކަށް އިޖާބަދޭން ޖެހެއެވެ.

އަދި ޤުދުސްގެ ތާރީޚާ ބެހޭ ގޮތުން ވިދާޅުވީ، އެއީ ޔަހޫދީންގެ ރަށެއް ނޫން ކަމަށާއި، އެންމެ ފުރަތަމަ އެ ބިމުގައި ވަޒަންވެރިވީ ޢަރަބިކަރައިގެ ކަންޢާނީ ޤަބީލާގެ ޔަބޫސީ ދަރިކޮޅުގެ މީހުން ކަމަށެވެ. އެއީ ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3,500 އަހަރު ކުރިން ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާގައި އިތުރަށް ބުނިގޮތުގައި، މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮނުމަކީ މި މާތް މިސްކިތްކޮޅު ނައްތާލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެކެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު، ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރިންގެ ރޭވުމުގެ ދަށުން އިސްލާމީ ޚިލާފަތު ވައްޓާލައި، ފަލަސްޠީނު އިނގިރޭސި ވެރިކަމުގެ ދަށަށް ގެންދިޔަ ކަމަށްވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

"ޔަހޫދީން ނަވާރަސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ޤުދުސް ހިފައި އަލްމަސްޖިދުލްއަޤްޞާ އަންދައިލުމުން ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާމުޚާޠަބުކޮށް ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެތެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ހާސް ނުވާށެވެ! މިޖީލުގެ މީހުން ނުވަންނާނެތެވެ. އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ." އަލްމަސްޖިދުލްއަޤްޞާ މުސްލިމުންގެ އަތަދަށަށް އަންނާނެގޮތާއި ގުޅޭގޮތުން މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާ "ފަލަސްޠިނާއި މުސްލިމުން" މި މަޢުޟޫއަށް ހާއްސަ ކުރެވިފައިވާއިރު ނިމިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ބިމުގައި ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40000 އަށް އުފުލިފައެވެ.

ކޮމެންޓް

team

ރައީސް "ޤަޟާއީ އަހަރު 2026" އިފުތިތާހުކޮށް ދެއްވައިފި

4 ގަޑިއިރު ކުރިން
team

އަގުބޮޑު ނުކޮށް، ހައްޖުވެރިންނަށް ދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވިއްޖެ: ރައީސް

8 ގަޑިއިރު ކުރިން
team

އީ-ޕެޓިޝަން ޕޯޓަލް އިފުތިތާހު ކޮށްފި

8 ގަޑިއިރު ކުރިން
team

24 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

9 ގަޑިއިރު ކުރިން
team

ބަރުބަރީ މިސްކިތުގެ އައު އިމާރާތް މި މަހުގެ 16 ވަނަ ދުވަހު ހުޅުވަނީ

9 ގަޑިއިރު ކުރިން
team

އެމްއޭސީއެލުން އޭވިއޭޝަން ދާއިރާއަށް ހާއްސަ އެވޯޑެއް ފުރަތަމަ ފަހަރަށް ދެނީ

14 ގަޑިއިރު ކުރިން
team

ދިއްދޫ އިން 78 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

15 ގަޑިއިރު ކުރިން
team

އެމްޓީސީސީގެ ސާބަސް ޔަންމާ ޕްރޮމޯ 2026 އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

16 ގަޑިއިރު ކުރިން
team

ހިތަދޫ ވިޔަފާރި ބަނދަރުގައި ޑިއުޓީ ފްރީ ޒޯނެއް ތަރައްގީ ކުރަނީ

1 ދުވަސް ކުރިން
team

އެމްޓީސީސީން ‏މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް، ތައާރަފު ކޮށްފި

1 ދުވަސް ކުރިން
team

ތެދު ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy